ދަރަވަންދޫ ފުޓްސަލް ފިއެެސްޓާގެ ގުރުއަތުލުން ބާއްވައިފި

ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ ގުރުއަތުލުން ބާއްވައިފި އެވެ. އެރަށު ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން ބާއްވާ މި ފިއެސްޓާގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގަ އެވެ. މިއީ އެރަ...

12 Aug 2021 | 09:53

ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ ގުރުއަތުލުން ބާއްވައިފި އެވެ.

އެރަށު ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން ބާއްވާ މި ފިއެސްޓާގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގަ އެވެ.

މިއީ އެރަށުގައި ފުޓްސަލް ކުރިއެރުމަށް 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި 2017 އިން ފެށިގެން 2019 އާ ހަމައަށް ހަމައެކަނި ފިރިހެނުންނަށް މި މުބާރާތް ބޭއްވިނަމަވެސް 2020 ވަނަ އަހަރު އަންހެން ޓީމުތައް ވެސް ވަނީ ބައިވެރި ކޮށްފަ އެވެ.

އަލަށް އިންތިޚާބުވި ކައުންސިލުގެ ފަރާތުން މުބާރާތުގެ ނަން ބަދަލުކޮށް މިއަހަރުގެ މުބާރާތް ފިއެސްޓާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މިއަހަރުގެ ޗެމަޕިއަން ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ރަނަރއަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ފިއެސްޓާގެ ކޯޑިނޭޓަރ އިބްރާހިމް ހުސާމިން ވިދާޅުވީ ފުޓްސަލް ކިންގު އަދި ފުޓްސަލް ކްއީން ގެ މަގާމު މިއަހަރު މުޅިން އަލަށް ހޮވާ، މި މަގާމަށް ހޮވޭ ކޮންމެ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަހަރުގެ މުބާރާތަކީ ސްޕޮންސަރުންގެ އެހީތެރިކަން އެންމެރަނގަޅަށް ލިބުނު ފަހަރު ކަަމަށެވެ.

އެގޮތުން އޮންލައިން މީޑިއާ ޕާޓްނަރއަކަށް ދުވަސްއެމްވީ، ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ، ޕްރިންޓިންގ ޕާޓްނަރއަކަށް އެމްޕްލަސް އަދި މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ވަނީ ހަމަޖައްސާފަ އެވެ.

މިއަހަރުގެ ފިއެސްޓާގައި އަންހެން 5 އަދި ފިރިހެން 5 ޓީމު ވަނީ ބައިވެރިވެފަ އެވެ. މި ފިއެސްޓާ މި މަހުގެ 15 ގައި ފެށުމަށް ތާވަލުކޮށްފައިވާ އިރު، ކޮންމެ ރެއަކު ވެސް 2 މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.

https://web.facebook.com/101708085526090/videos/275044797761757

މި މަހު 15 ވަނަ ދުވަހުގެ ރޭ 20:30 ގައި މި ފިއެސްޓާ ފަށާނީ ކިންގްސް ޔުނައިޓެޑާއި އެފްސީ ފެލްކޮން ބައްދަލުކުރާ މެޗުން ނެވެ. އަދި އެރޭ 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފެލްކޮން ޔުނައިޓެޑާއި އެފްސީ ކްރިއޭޗަރސް އެވެ.

މި ފިއެސްޓާގެ އަންހެން ބައިގެ ކުޅުން ފަށާނީ މި މަހުގެ 16 ގަ އެވެ. ފުރަތަމަ ބައްދަލުކުރާނީ ދޮޔެންސް އާއި އައްތާ އެވެ. މި މެޗު ފަށާނީ 20:30 ގަ އެވެ. އަދި 21:30 ގައި ކުޅޭނީ ޗަނބޭލީ ރަނިން އާއި އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް