ބިލެއްފަހި ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި

ށ. ބިލެއްފަހި ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި އެވެ. އެމްޓީސީސީ އިން ބުނީ ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ...

12 Aug 2021 | 09:44

ށ. ބިލެއްފަހި ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި އެވެ.

އެމްޓީސީސީ އިން ބުނީ ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 10 އޯގަސްޓު ގައި ޕްރޮޖެކްޓް ސައިޓަށް ގެންގިސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މިއީ 28.42 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް