ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް ކަމަށް އާރްޑީސީ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ދަރަވަންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތުގެ 24 އިންސައްތަ ނިމި، މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ބިންގަނޑު އެއްވަރުކޮށް ބިންގަނޑު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ވެލިފުރޮޅާ ބިންގަނޑު ހަރު ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާރޗު މަހުގެ 28 ވަނަ ދުވަހު އެވެ.
މިމަސައްކަތުގެ އަގަކީ 2.2 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް