އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކރުުމަކީ އެމްޑީޕީގެ ފިކުރާއި ހިލާފު ކަމެއް ކަމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުންނެވެ.
ރީކޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އިސްލީޑަރު ވިދާޅުވި ވާހަކަތަކަށްބަލާއިރު އިދިކޮޅުޕާޓީއާ ގުޅެން އެމްޑީޕީގެ ރައީސް ނަޝީދު ނިންމަވާއި އުލާންކުރުމަކީ ޕާޓީގެ ފިކުރާއި ދިކޮޅަށް ކުރެއްވި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ މި އަމަލު ފިޔަވަޅުއަޅާ ކޮމެޓީން މައްސަލަ ބަލަންޖެހޭ ކަމަށެވެ.
ރީކޯގެ ޓުވީޓުގައި ވަނީ މިހާރުވެސް ނަޝީދުގެ ގާތްބަޔަކު އިދިކޮޅު ފަރާތްތަކާއި ވާހަކަދައްކައި މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފަ އެވެ.
https://twitter.com/ReekoMoosa/status/1425671408709881856
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް