ކޯވިޑް ވެކްސިން ފުރިހަމަ ކުރި އަދަދު 291،000 އަށް

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 291،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު1،330 ...

12 Aug 2021 | 05:58

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 291،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު1،330 މީހަކު ޖަހާފައިވެ އެވެ. އޭގެ ތެރެއިން793 މީހުން މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު އަތޮޅު ތެރެއިން537 މީހަކު ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ.

މިއާއި ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ291،736 އަށް އަރާފައި އެވެ.

އެއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ1،164 މީހުންނެވެ. އޭގެ ތެރެއިން572 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް592 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

އިއްޔެ ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ339،980 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް