ހަންސިކާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރީ ރާއްޖޭގައި

ތަމިލް އަދި ތެލުގޫ އެކްޓްރެސް ހަންސިކާ މޮޓްވާނީ އޭނާގެ 30 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ. ހަންސިކާގެ އިންސްޓަގްރާމް ފީޑުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ޝިޔާމް އި...

12 Aug 2021 | 02:19

ތަމިލް އަދި ތެލުގޫ އެކްޓްރެސް ހަންސިކާ މޮޓްވާނީ އޭނާގެ 30 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ހަންސިކާގެ އިންސްޓަގްރާމް ފީޑުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ޝިޔާމް އިރުވެލި ރިސޯޓުގައެވެ. ހަންސިކާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެއަށް ކުރި މި ދަތުުރުގައި އޭނާގެ ބައެއް ރަހުމަތްތެރިން ބައިވެރިވި ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި މަހުގެ 09 ވަނަ ދުވަހު އުމުރުން 30 އަހަރު ފުރުނު، ހަންސިކާ، ބަތަލާއެއްގެ ގޮތުގައި ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2007 ވަނަ އަހަރުގައެވެ. ނަމަެސް 2003 ވަނަ އަހަރު ހިންދީ ބައެއް ފިލްމުތަކުގައި ކުޑަކުއްޖެއްގެ ރޯލު އަދާކޮށްފައިވެއެވެ. އޭގެތެރޭގައި ކޮއި މިލްގަޔާ، ޖާގޯ އަދި ހަމް ކޯންހޭ ފަދަ ފިލްމުތައް ހިމެނެއެވެ.

މިހާތަނަށް 30 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ހަންސިކާ މި އަހަރުވެސް ދެ ފިލްމެއް ކުޅެފައިވެއެވެ. ތިން ފިލްމެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް