ކުނި ބަރުކޮށްގެން ދަތުރުކުރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ކުނި ބަރުކޮށްގެން ދަނިކޮށް ކަނޑުމަތިން ހިނގި ހާދިސާއެއްގައި ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެމްޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފ...

12 Aug 2021 | 01:59

ކުނި ބަރުކޮށްގެން ދަނިކޮށް ކަނޑުމަތިން ހިނގި ހާދިސާއެއްގައި ހާލުގައި ޖެހުނު ދޯންޏަކަށް އެމްއެމްޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ދެމީހުންނާއެކު ވ. ސިނަމަން ވެލިފުށި މޯލްޑިވްސް އިން ފުރައިގެން ކ. ތިލަފުއްޓަށް ދަތުުރުކުރި ދޯންޏެއް ކ. ގުޅީ ބޭރުން ދިޔަވާތީ އެހީތެރިކަމަށް އެދުމުން އެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

75 ފޫޓުގެ މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފެށީ ރޭ 12:00 ހާއިރު ކަމަށާއި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މި ދޯންޏަށް ތިލަފުއްޓަށް ދެވުނީ 02:00 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް