ހާލުގައި ޖެހުނު ސަފާރީއަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ކަނޑުމަތިން ހާލުގައި ޖެހުނު ސަފާރީއަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ރޭ އދ. ދަނގެއްޗާއި 6.7 ނޯޓިކަލް މޭލު ބޭރ...

12 Aug 2021 | 01:50

ކަނޑުމަތިން ހާލުގައި ޖެހުނު ސަފާރީއަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ރޭ އދ. ދަނގެއްޗާއި 6.7 ނޯޓިކަލް މޭލު ބޭރުން، 21 ޓޫރިސްޓުންނާއި 10 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

100 ފޫޓުގެ، އޮނާސް ލެގަސީ ނަމަކަށްކިޔާ މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރޭ، ގާތްގަނޑަކަށް 09:19 ހާއިރު ކަމަށާއި މި ސަފާރީ މިހާރު އދ. ދިގުރަށަށް ގެންދެވިފައިކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް