މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދެއް އެކުލަވާލައި ގެޒެޓު ކޮށްފި

މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދެއް ހައުސިން މިނިސްޓްރީން އެކުލަވާލައި އެ ގަވާއިދު ގެޒެޓް ކޮށްފި އެވެ. އެ ގަވާއިދުގައި ބުނެފައިވަނީ ގަވާއިދުގެ މަގްސަދަކީ މާލޭގައި ރައް...

12 Aug 2017 | 07:19

މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދެއް ހައުސިން މިނިސްޓްރީން އެކުލަވާލައި އެ ގަވާއިދު ގެޒެޓް ކޮށްފި އެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ ގަވާއިދުގެ މަގްސަދަކީ މާލޭގައި ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަމާހެދި މަގުމަތީގައި ތަކެތި ބަހައްޓައިގެން އުމްރާނީ މަސައްކަތްތަކާއި ޒަރުރީ ބައެއް އެހެނިހެން މަސައްކަތްތައް ކުރަން ޖެހޭތީ، އެފަދަ ހާލަތްތަކުގައި މަގުމަތީގެ ބޭޏުންކުރަމުންދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް މަގުމަތި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދިނުމާއި އެކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުގެ މަތިން ހުއްދަ ނަގައިގެން މެނުވީ އުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތަކާއި ކަންކަމަށް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމަށް އެ ގަވާއިދުގައި ބުނެފައި ވެ އެވެ. އަދި މަގުމަތީގައްޔާއި ގޯޅިތަކުގައްޔާއި ދުވާރުމަތީގައި ގަސްމުށި، ގޮނޑި، ޖޯލި، މޭޒުފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމުގައިވެސް އެ ގަވާއިދުގައި ބުނެފައި ވެ އެވެ.

އެ ގަވާއިދުގައި އިތުރަށް ބުނެފައިވަނީ މަގުމަތީގައި ތަކެތި ބެހެއްޓުމަށް އެދި ހުށަހަޅަންވާނީ ގަވާއިދުގައި ހިމަނާފައިވާ ފޯމު މެދުވެރިކޮށް ކަމަށާއި ގަވާއިދާ ހިލާފަށް މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތއް 600 ރުފިޔާއާއި 2000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ހައުސުން މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް