އާދައިގެ ރޯލަކުން ވިޔަސް ފިލްމުތަކުން ޖާގައެއް ލިބޭތީ އަކްޝަޔޭ ކަންނާ ހުރީ އުފަލުން!

މާ ގިނަ ފިލްމުތަކަކުން ލީޑް ރޯލުގެ ބައިން ފެނިގެން ނުދިޔަ ނަމަވެސް އަކްޝަޔޭ ކަންނާއަށް ފިލްމުތަކުން ޖާގަ ލިބޭތީ އޭނާ ހުރީ އުފަލުން ކަމަށް ބުނެފި އެވެ. އާންމުކޮށް އަކްޝަޔޭ ކަންނާ ފެންނަނީ ފުލުހެއްގެ ބަ...

12 Aug 2017 | 04:30

މާ ގިނަ ފިލްމުތަކަކުން ލީޑް ރޯލުގެ ބައިން ފެނިގެން ނުދިޔަ ނަމަވެސް އަކްޝަޔޭ ކަންނާއަށް ފިލްމުތަކުން ޖާގަ ލިބޭތީ އޭނާ ހުރީ އުފަލުން ކަމަށް ބުނެފި އެވެ.

އާންމުކޮށް އަކްޝަޔޭ ކަންނާ ފެންނަނީ ފުލުހެއްގެ ބައިން، އަންހެނެއްގެ ފަހަތުން ދުވާ މީހެއްގެ ބައިން ނުވަތަ ނުބައިބާ މީހެއްގެ ރޯލުންނެވެ. ލީޑް ރޯލެއް ނުލިބެނީތޯ ނޫސްވެރިން އޭނާ އާއި ސުވާލު ކުރުމުން ބުނީ ލީޑް ރޯލަކުން ފެނުމަށް ވުރެ ބޮޑަށް އަބަދުވެސް ބޮލީވުޑްގެ ފިލްމުތަކުން ޖާގަ ލިބި ލިބިހުންނާތީ ހިތްހަމަ ޖެހޭ ކަމަށެވެ.

އޭނާ ބުނީ މިހާތަނަށް ފިލްމުތަކުގައި ތަފާތު ރޯލުތަކުން ފެނިގެންދަނީ އެ ފިލްމުތަކުގެ ޑައިރެކްޓަރުން ބޭނުންވެގެން ކަމަށެވެ. އެހެންވެ އެއީ އޭނާގެ ނަސީބު ކަމަށެވެ. އަކްޝަޔޭ ބުނީ ލިބޭ ކޮންމެ ރޯލެއްވެސް ކުޅެން ތައްޔާރަށް ހުރި ކަމަށެވެ.

އަކްޝަޔޭ ދެކޭގޮތުގައި ކާމިޔާބު މީހަކަށް ވަނީ ލީޑްރޯލް ކުޅެގެން އެކަންޏެއް ނޫނެވެ. އޭނާ ބުނީ ކުރީގަ ލީޑްރޯލް ތަކުން ފެނިފަ މިހާރު ފިލްމެއްގެ މުހިންމު ބައެއް ނުލިބޭތީ ފިލްމެ ނުކުޅެން ހުރުމަކީ މާ ގެއްލުންވެ ނާކާމިޔާބު މީހަކަށް ވާނެ ކަމެއް ކަމަށެވެ. އެހެންވެ އަބަދުވެސް ނިންމައިގެން ހުންނަނީ ކިތަންމެ އާދައިގެ ރޯލެއް ފިލްމަކުން ކުޅެން ލިބުނަސް ކުޅެން ކަމަށެވެ.

އަކްޝަޔޭ ކަންނާ އެންމެ ފަހުން ފެނިގެން ދިޔައީ ޝްރީދޭވީ ލީޑްރޯލް ކުޅޭފައިވާ "މޯމް" އިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމުގެ ލީޑްރޯލް ކުޅޭ ރަންބީރު ކަޕޫރުގެ ބައްޕަގެ ބައިން އެ ފިލްމުގައި ފެނިގެންދާނީ އަކްޝަޔޭ ކަންނާ އެވެ.

އޭނާ އަކީ ދާދި ފަހުން މަރު ވިނޯދް ކަންނާގެ ދަރި އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް