“ތަގްސް އޮފް ހިންދުސްތާން”ގެ ޝޫޓިން ތެރެއިން އަމީތާބަށް އަނިޔާވެއްޖެ

“ތަގްސް އޮފް ހިންދުސްތާން”ގެ އެކްޝަން މަންޒަރުތަކެއް ނަގަނިކޮށް އަމީތާބް ބައްޗަން އަށް އަނިޔާވެއްޖެ އެވެ. އުމުރުން 74 އަހަރުގެ އަމީތާބަށް ފިލްމުގެ މަންޒަރެއް ނަގަނިކޮށް އަނިޔާވެފައިވަނީ އުނަގަނޑަށެވެ....

12 Aug 2017 | 03:30

“ތަގްސް އޮފް ހިންދުސްތާން”ގެ އެކްޝަން މަންޒަރުތަކެއް ނަގަނިކޮށް އަމީތާބް ބައްޗަން އަށް އަނިޔާވެއްޖެ އެވެ.

އުމުރުން 74 އަހަރުގެ އަމީތާބަށް ފިލްމުގެ މަންޒަރެއް ނަގަނިކޮށް އަނިޔާވެފައިވަނީ އުނަގަނޑަށެވެ. ފިލްމުގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އަމީތާބަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އެކަމަކު އޭނާ ދުވަސްވެފައި ހުރުމުން މާބޮޑަށް ތަދުވެ ޝޫޓިން ކުރިޔަށް ގެންދިއުމަށް އުނދަގޫވީ ކަމަށެވެ. އެހެންވެ ޑައިރެކްޓަރު ނިންމީ ފިލްމުގެ ޝޫޓިން މެދުކަނޑާލާ އެހެން ދުވަހަކަށް މަސައްކަތް ތާވަލް ކުރަން ކަމަށް ވެ އެވެ.

އެކަމަކު ފިލްމީ ދާއިރާއަށް ހުންނަ ޝައުގުވެރިކަމާއި ލޯބީގެ ސަބަބުން ތަދުވިޔަސް އަމީތާބު ބޭނުންވީ ޝޫޓިން ނިންމަން ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންވެ އަމީތާބު  ބުރާސްފަތި ދުވަހު ނަގަން ޖެހުނު ހުރިހާ މަންޒަރެއް ނެގުމަށް ފަހު އިއްޔެ ޑޮކްޓަރަށް ދައްކާ އެމްއާރުއައި އެއް ހައްދާފައިވާ ކަމަށެވެ.

“ތަގްސް އޮފް ހިންދުސްތާން” ގައި އަމީތާބާއި އެކު ދެން ފެނިގެންދާ އާމިރް ހާނަށްވެސް ވަނީ ސްވައިން ފްލޫ ޖެހިފަ އެވެ. އެހެންވެ އޭނާވެސް އެ ފިލްމުގެ މަސައްކަތަށް ދެން ދާނީ ހަފްތާއެއްވަރު ފަހުން ނެވެ.

މި ފިލްމަކީ މި ދެ ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް