ވިއްސާރައިގާ ފޮނަދޫ ގޭގެއަށް ފެންވަނުމުން، ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފި

ލ.ފޮނަދޫއަށް ކުރި ވިއްސާރާގައި ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ބައެއްހިސާބުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެގެން އެގޭގެއިން ފެންހިއްކުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފުލު...

12 Aug 2015 | 15:44

ލ.ފޮނަދޫއަށް ކުރި ވިއްސާރާގައި ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ބައެއްހިސާބުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެގެން އެގޭގެއިން ފެންހިއްކުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ އޮގަސްޓް 10 ވަނަދުވަހާއި އެރޭ ލ.ފޮނަދޫއަށް ކުރި ވިއްސާރާގައި ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ލ.ފޮނަދޫގެ ބައެއްހިސާބުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެގެން އެގޭގެއިން ފެންހިއްކުމުގެ މަސައްކަތް ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ ކޮށްފައި ކަމަށެވެ.އަދި މި މަސައްކަތުގައި ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވެފަ ވާކަމަށެވެ.

މި މަސައްކަތުގައި ލ.ފޮނަދޫ އާއްމު ރަތްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ  އެއްބާރުލުމެއް ލިބުނު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް