އަލީ ވަހީދުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

އަމިއްލަފުޅަށް އިނގިރޭސިވިލާތައް އަރުވާލެވިގެން ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. އަލީ ވަހީދުގެ މައްޗަށް ދައުވާ ...

12 Aug 2015 | 14:42

އަމިއްލަފުޅަށް އިނގިރޭސިވިލާތައް އަރުވާލެވިގެން ހުންނެވި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވީ މޭޑޭގެ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް އޭނާ ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައެވެ. ޕީޖީން ވަނީ މި މި މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

އެ މައްސަލައިގާ އަލީ ވަހީދުގެ އިތުރުން އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބދުﷲ އާއި ޖޭޕީގެ ނައިބު ލީޑަރު އަމީނ އިބްރާހިމްގެ އިތުރުން އެ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށްވެސް ދައުވާ ވަނީ އުފުލާފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފިޔަވައި ދެން ތިއްބެވި ތިން ބޭފުޅުން މިވަގުތު ތިއްބެވީ އެ ދައުވާއިނ ސަލާމަތް ވުމަށް އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް