މާލޭގައި ހުންނަ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހެޑް އޮފީހަށް ހޮނު އަޅައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެސްޓީއޯއިން ބުނެ އެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު 11:30 ހާއިރު އެވެ. އެސްޓީއޯއިން ބުނީ ހޮނު އެޅުމުގެ ސަބަބުން އެ އިމާރާތުން ކަރަންޓު ކެނޑުނު ކަމަށާއި އެކަން ހައްލު ކުރުމަށް ސްޓެލްކޯގެ ޓީމެއް އެސްޓީއޯ ހެޑް އޮފީހުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެސްޓީއޯއިން އިތުރަށްބުނީ މި ހާދިސާގައި އެ އޮފީހަށް ލިބުނު ގެއްލުން އަދި ސާފު ނުވާ ކަމަށެވެ.
އެސްޓީއޯ ހެޑް އޮފީހަކީ އެކުންފުނީގެ އިދާރީ މަސައްކަތްތައް ހިންގާ އޮފީހެވެ. ކުންފުނީގެ އިސްވެރިންވެސް މަސައްކަތް ކުރައްވަނީ އެއޮފީހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް