ހުޅުމާލޭ މަގުތަކުގައި ހުރި، ބޭނުން ނުކުރާ ވެހިކަލްތައް ނަގަން ފަށައިފި

ހުޅުމާލޭގެ އެކި ސަރަޙައްދުގެ މަގުތަކާއި ގޯޅިތަކުގައި ޕާކްކޮށްފައިވާހުރި ގިނަދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަކާއި  ބޭނުންނުކޮށް ގިނަ ދުވަސް ވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. ފުލ...

12 Aug 2015 | 08:27

ހުޅުމާލޭގެ އެކި ސަރަޙައްދުގެ މަގުތަކާއި ގޯޅިތަކުގައި ޕާކްކޮށްފައިވާހުރި ގިނަދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތަކާއި  ބޭނުންނުކޮށް ގިނަ ދުވަސް ވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މި އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި ވެހިކަލްތައް ނަގުމުގެ މަސައްކަތް ފަށާފައިމިވަނީ ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެ ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ހުރުމުގެ ސަބަބުން ރައްޔިތުންނަށާއި ދުއްވާ ވެހިކަލްތަކަށް ދަތިތަކާއި ކުރިމަތިވަމުންދާތީ އެކަނަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

މި މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ޓްރެފިކް ޔުނިޓާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް