މިސްރާއި މޯލްޓާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފު ނައިބު ރައީސް އަހުމަދު އަދީބު މިއަދު މާލެ ވަޑައިގެންފި އެވެ.
ނައިބު ރައީސްގެ ރަސްމީ ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުދަ ދުވަހު އެވެ. ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މިސްރަށް ވަޑައިގެންނެވީ ދެވަނަ ސްއޭޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އަދި އެއަށް ފަހު މޯލްޓާއަށް ވަޑައިގެން، އެ ގައުމުގެ ރައީސާ އާއި ބޮޑު ވަޒީރުގެ ނައިބާއި އެހެން ވެސް ސިޔާސީ ފަރާތްތަކާ ބައްދަލު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް