އައިއެސްއިން ރަހީނުކުރި 22 ޔަހޫދީއަކު މިނިވަން ކޮށްފި

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައިއެސްއިން ރަހީނުކުރި 200 އަށްވުރެގިނަ ޔަހޫދީންގެ ތެރެއިން 22 ޔަހޫދީއަކު އިއްޔެ މިނިވަންކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ފެބްރުއަރީ މަހުގެ ތެރޭގައ...

12 Aug 2015 | 01:46

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައިއެސްއިން ރަހީނުކުރި 200 އަށްވުރެގިނަ ޔަހޫދީންގެ ތެރެއިން 22 ޔަހޫދީއަކު އިއްޔެ މިނިވަންކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި އައިއެސްއިން ރަހީނުކުރި ޔަހޫދީންނަކީ ސީރިއާގެ ހަސާކާ ޕްރޮވިންސްގެ ކާބޫރު ސަރަހައްދަށް ނިސްބަތްވާ އަސީރިއަން ދަރިކޮޅުގެ ބައެކެވެ.

އަސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ކިޔާ ޖަމާއަތަކުން ބައިނަލްއަގްވާމީ މީޑއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އައިއެސްއިން އިއްޔެ މިނިވަންކުރި 22 މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުން ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ 22 މީހަކު މިނިވަންކުރަން އައިއެސްއިން ނިންމީ ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހުގައި ކަމަށާއި މިހާރު އައިއެސްއިން ރަހީނުކޮށްފައިވާ އަސީރިއަންއަށް ނިސްބަތްވާ 187 މީހުން މިނިވަން ކުރުމާއިމެދުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް