ވީއައިއޭ އިން ދޭ ޚިދުމަތްތައް ހަރުދަނާކުރަން ޚިދުމަތްދޭ ފަރާތްތަކާއެކު އެއްބަސްވުންތައް ހަދަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ އިދާރާތަކާއި ކުންފުނިތަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)...

12 Jul 2025 | 17:31

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ އިދާރާތަކާއި ކުންފުނިތަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވުންތަކެއް ހަދަން ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ މި އެއްބަސްވުންތަކުގެ މަގުސަދަކީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވާއިރު އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް, އެއް ފެންވަރެއްގައި ބެހެއްޓުމާއި އޮޕަރޭޝަނަލް ޕްރެކްޓިސްތައް ހަރުދަނާ ކުރުން ކަމަށެވެ.

"ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުރިހަމަވެ، މެދުނުކެނޑި ހިދުމަތް ދިނުމަކީވެސް އެ އެއްބަސްވުންތަކުގެ މަގުސަދެއް" އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލް އިން ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއެކު އެއްބަސްވުމެއް ހަދައިފައެވެ.

އެމްއޭސީއެލް އިން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ ވީއައިއޭ މެދުވެރިކޮށް ގަސްގަހާގެހި އަދި ޖަނަވާރު އެތެރެކުރުމުގައި އިންޓަ އޭޖެންސީ ގުޅުން ހަރުދަނާކޮށް ކާގޯ އޮޕަރޭޝަންތައް ހަލުވި ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް