ގުޅީފަޅުގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ ގުޅީފަޅުގެ ލޭންޑ...

12 Jul 2025 | 13:33

ބިންވެރިޔާ ސްކީމުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން މިއަދު ފަށާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު ފެށި އެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ރަޖިސްޓްރީތައް ދޫކުރުމަށްޓަކައި، ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ދުވަހާއި ވަގުތު ކަނޑައަޅައި، އެކަމުގެ މައުލޫމާތު މިނިސްޓްރީން ވަނީ ދީފައެވެ.

"ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް" ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅީފަޅު ތަރައްގީކޮށް ނިންމުމަށްފަހު, އެތަނުގައި ދިރިއުޅެން ފެށުމުގެ ފުރުސަތު ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް