ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

ކަފިހުރަހަކުން މަގު ހުރަސްކުރި 59އ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ 1 ގެ ބަގީޗާ ހިނގުމުގެ ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލ...

12 Jul 2025 | 12:17

ކަފިހުރަހަކުން މަގު ހުރަސްކުރި 59އ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ 1 ގެ ބަގީޗާ ހިނގުމުގެ ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 2:00 ހާއިރު ހުޅުމާލެ 1 ގެ ބަގީޗާ ހިނގުމުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކަފިހުރަހަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އޭނާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސައިކަލު ދުއްވީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގުލަދޭޝް ފިރިހެނެއް ކަމަށާއި އެ މީހާ ދުއްވި ސައިކަލު ޓޯކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް