އެންދެރި މަޝްރޫއުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާނެ މީހުން ތަމްރީނުކޮށްފި

އެންދެރި މަޝްރޫއުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާނެ މީހުން ތަމްރީނުކޮށްފިއެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމައް މީހުން ތަންރީން ކުރުމަށް ކުރިއަށް ގެންދިޔަ އެ ތަމް...

12 Jul 2025 | 06:27

އެންދެރި މަޝްރޫއުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާނެ މީހުން ތަމްރީނުކޮށްފިއެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމައް މީހުން ތަންރީން ކުރުމަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯހުގެ ފުރަތަމަ ބެޗްގައި 17 ފަރާތަކުން ބައިވެރިވެ ވަނީ ދަސްވެނިވެފައެވެ.

މި ކޯހުގެ ބޭނުމަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި މީހުން އުފެއްދުމެވެ.

އެ ބެޗްގެ ދަސްވެނީންގެ ތެރޭގައި ލ. އަތޮޅުން ސްކޮލަޝިޕް ލިބުނު 10 ފަރާތަކާއި މުޅި ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މިހާރުވެސް ހަރަކާތްތެރިވާ 7 ފަރާތެއް ހިމެނެއެވެ.

މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ކިޔަވައިދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް