ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ގދ ގައްދޫއިން އެ އަތޮޅު ގަމަށް ދިޔަފަހުން ކަނޑުމައްޗަށް ގެއްލުނު ކަމަށް ބެލެވޭ ޒަކަރިއްޔާ މުޙައްމަދު ދަތުުރުކުރި ޑިންގީ ފެނިއްޖެއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފް އިން ދެންމެ ބުނެފައިވަނީ ޑިންގީއެއް...

12 Jul 2025 | 05:39

ގދ ގައްދޫއިން އެ އަތޮޅު ގަމަށް ދިޔަފަހުން ކަނޑުމައްޗަށް ގެއްލުނު ކަމަށް ބެލެވޭ ޒަކަރިއްޔާ މުޙައްމަދު ދަތުުރުކުރި ޑިންގީ ފެނިއްޖެއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފް އިން ދެންމެ ބުނެފައިވަނީ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ޑިންގީ ވަނީ ފެނިފައި ކަމަށެވެ.

މި ޑައިވް ކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެންކަމަށްވެސް ބުނެފައިވެއެވެ.

ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި ޒަކަރިއްޔާ މުހައްމަދު 79 އ ގެއްލިފައި ވަނީ ޖުލައި 10 ވަނަ ދުވަހުއެވެ. ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއްކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް