މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާގެ ބައެއް ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ބުނީ އެ ކުންފުނީގެ ޑި...

12 Jul 2024 | 18:13

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާގެ ބައެއް ވަގުތުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިރޭ ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 06:00 ގައި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެއިތުރުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ސަރަހައްދުތަކާއި ގަޑިތައް:

މާލެ ސިޓީ، ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުން، މެދުޒިޔާރަތް މަގު، ދަރުމަވަންތަ މަގު އަދި ޝަޙީދު ޙުސައިން މުޙައްމަދު ހިނގުން ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ.

މާލެ ސިޓީ، އަމީނީ މަގު، އަމީނީ މަގު ހަނިގޯޅި، ބޮޑުތަކުރުފާނު މަގު، ރަށްދެބައި ހިނގުން، ފަޅުމަތީ މަގު އަދި ތަބުރޭޒީ ހިނގުން ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އިން 14:45 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ.

މާލެ ސިޓީ، ހެންވޭރު، ސޯސަން މަގު، ކާސިންޖީ މަގު އަދި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 10:00 އިން 11:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ.

ހުޅުމާލެ، ފޭސް 1، ނިރޮޅުމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 10:00 އިން 11:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ.

ސްޓެލްކޯއިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް