ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި 5 މީހަކު ހައްޔަރުކޮށްފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަަހަރުގެ މ...

12 Jul 2024 | 18:05

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަަހަރުގެ މީހަކާއި 20 އަަހަރުގެ މީހަކާއި 23 އަަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

އޭގެތެރެއިން 19އަަހަރުގެ މީހާއާއި 20 އަަހަރުގެ މީހާއާއި 24 އަހަރުގެ އެކަކު, ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ތިން މީހުންގެ ބަންދަށް ފަސް ދުވަސް ދިނީ ވަކީލެއްގެ ފުރުސަތަށް އެދުމުން އެކަމަށް ރިއާޔަތްކޮށެވެ.

ދެން ތިބި ދެ މީހުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ފަސް މީހުންނާ ދެކޮޅަށް ފުލުހުންގެ ޚިދުމަތުން ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ފުލުހުންގެ ބަޔާނާއި, އިންޓެލިޖެންސް ރިޕޯޓާއި, ހާދިސާ ރިޕޯޓުގައިވާ ތަފުސީލުތަކާއި, ސީސީޓީވީ ފުޓޭޖާއި, އެ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި, އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތައް ހިމެނެއެވެ.

މި އެންމެން ބަންދުން ދޫކޮށްލައިފިނަމަ, މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަން ކޯޓުން ނެރުނު އަމުރުތަކުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއް ނަމަވެސް މި މާރާމާރީ ހިނގާފައިވަނީ ކޮންތަނަކު ކަމެއް އަދި މި ހާދިސާގެ އިތުރު ތަފުސީލެއް ކޯޓުން ނެރުނު އަމުރުތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ. ފުލުހުންގެ ޚިދުމަތުން ވެސް މި މައްސަލާގައި އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ފަހަކަށް އައިސް މާލޭގައި މާރާމާރީއާއި ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުންދިނުމާއި މަކަރާއި ހީލަތާއި މަސްތުވާތަކެއްޗާއި ރަހީނުކުރުންފަދަ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި ކުށްކުރުން އާންމުވެފައިވާ ސަބަބަކީ ވެރިކަމުގެ މިދިޔަ ދައުރުގައި ހަމައެއް އުސޫލެއްނެތި ގިނަ އަދަދެއްގެ ކުށްވެރިން މިނިވަންކޮށްފައިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް