މިރޭގެ މޫސުން: ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ

ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކޮށް, ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ. މާދަމާ ހެނދުނު 06:00 އާ ހަމައަށް މޫސުނ...

12 Jul 2024 | 15:10

ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކޮށް, ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.

މާދަމާ ހެނދުނު 06:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް, މެޓް އޮފީހުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން, އުތުރާއި މެދުރާއްޖެތެެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މީގެއިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުއެވެ.

މީގެއިތުރުން މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އުތުރުގެ ރަށްތަކަށް މާދަމާ ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި މެދުރާއްޖެތެރެއަށް ވިއްސާރަކޮށް, ދެކުނުގެ ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް