ހުޅުމާލެ ކައިރިއަށް ޑައިވިންގ އަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ

ހުޅުމާލެ ކައިރިއަށް ޑައިވިންގ އަށް ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ. މެންދުރުކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ, މިއަދު 11:00 ހާއިރު ހުޅުމާލޭ މޫދުގައި ޑައިވިންގ އަށް ގޮސް އު...

12 Jul 2024 | 12:55

ހުޅުމާލެ ކައިރިއަށް ޑައިވިންގ އަށް ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.

މެންދުރުކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ, މިއަދު 11:00 ހާއިރު ހުޅުމާލޭ މޫދުގައި ޑައިވިންގ އަށް ގޮސް އުޅުނު އަންހެނަކު ގެނބިގެން މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މަރުވެފައިވަނީ ތައިލެންޑްގެ އުމުރުން 55 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް