ދަނޑުވެރި މަންފާ ޕްރޮގްރާމުގެ ގްރާންޓްގެ އެޕްލިކޭޝަން ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި

''ދަނޑުވެރި މަންފާ" ގެ ގްރާންޓް ޕްރޮގްރާމުގެ އެޕްލިކޭޝަން ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރި އިއުލާނެއްގައި ބުނީ, ހއ، ހދ،...

12 Jul 2024 | 09:42

''ދަނޑުވެރި މަންފާ" ގެ ގްރާންޓް ޕްރޮގްރާމުގެ އެޕްލިކޭޝަން ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރި އިއުލާނެއްގައި ބުނީ, ހއ، ހދ، އަދި ށ އަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށްގެން މިދިޔަ ޖޫންމަހުގެ 25 ވަނަ ދުވަހު ހުޅުވައިލި ''ދަނޑުވެރި މަންފާ" ގެ ގްރާންޓް ޕްރޮގްރާމުގެ އެޕްލިކޭޝަން ބަލައިގަތުން ޖުލައި 11 އިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށެވެ.

އެއީ މި ޕްރޮގްރާމަށް ލިބިފައިވާ އެޕްލިކޭޝަންގެ ޖުމްލަ އަދަދު 10 މިލިއަން ރުފިޔާ ހަމަވުމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ލިބިފައިވާ އެޕްލިކޭޝަންތަކުގެ އިވެލުއޭޝަންތައް ނިމުމަށްފަހު ފަންޑުގައި އިތުރު ފައިސާ ހުރި މިންވަރަކުން އިތުރު ފުރުސަތަށް ހުޅުވާލެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހިލޭ އެހީ ސްކީމްގެ މަގުސަދުތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ވިޔަފާރީގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، ދަނޑުވެރިކަމުގެ ވިޔަފާރީގެ ބާޒާރު ކުރިއަރުވައި، ތަރައްގީކޮށް ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި ގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި އަމާޒުކުރެވިފައިވަނީ ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރިކަމުގެ ބާވަތްތައް ގްރީން ހައުސްގައި ހެއްދުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް