ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އެއްވެސް ފަރާތަކަށް އަނ...

12 Jul 2024 | 09:24

ހައިވޭ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އެއްވެސް ފަރާތަކަށް އަނިޔާ ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް އަދި ހިއްސާ ކޮށްފައެއް ނުވެއެވެ. ފުލުހުން  ބުނީ، މިކަމާއި ގުޅިގެން  ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓްވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ބެލެވޭގޮތުގައި ރަތްކުލައިގެ އެ ކާރަކީ "ނިސާން މައިކްރާ" މަރުކާގެ ކާރެކެވެ. އެ ކާރު އެކްސިޑެންޓްވެފައިވަނީ ހައިވޭގައި ދެފަޅިން ދުއްވޭގޮތަށް ހަދާފައިވާ ސަރަހައްދުގައި މެދަށްވާގޮތަށް އޮންނަ ހުސް ސަރަހައްދުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް