ބަޔަކާއެކު ކޯލިޝަން ހަދާ ވާހަކައެއް އަދި ނުދައްކަން: އަދުރޭ

އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް އަދި ނުދެކެވޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އ...

12 Jul 2023 | 10:06

އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް އަދި ނުދެކެވޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ޕީޕީއެމް/ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރުމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ އެންމެންވެސް ބޭނުންވަނީ ރައީސް ޞާލިހު ވެރިކަމުން ދުރު ކުރުމަށް ކަމަށެވެ. އެހެންކަމުން އެކމަުގެ ވާހަކަތައް ހުރިހާ ފަރާތްތަކާއެކުވެެސް ދެކެވޭ ކަމަށެވެ.

"އަޅުގަނޑު މި ދަންނަނަވީ، އަޅުގަނޑުމެންނާ ބަޔަކާ ކޯލިޝަން ހަދާ ވާހަކައެއް އަދި އަޅުގަނޑުމެންނެއް ނުދައްކަމޭ، ފުރަތަމަ ބުރަކުއެއް. އެކަމު ގައުމީ މައްސަލަތަކުގަ (އެހެން ޕާޓީތަކާ) ވާހަކަ ދައްކަމޭ. ގައުމީ މައްސަލައަކަށް މިވަގުތު ދިވެހި ގައުމަށް ކުރިމަތި ވެފަ އޮތް އެންމެ ބޮޑު މައްސަލައަކީ އިބްރާހިމް މުހައްމަދު ޞާލިހު މި ގައުމުގެ ވެރިކަމުގައި ހުރުމުގެ މައްސަލަ" އަދުރޭ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކާއި ރިޔާސީ ކެނޑިޑޭޓުންނާ މަޝްވަރާ ކުރެއެވެ. އެގޮތުން ރޭ ވަނީ ގާސިމް އިބްރާހިމް އާއި ބައްދަލުކޮށްފިއެވެ.

މިކަން ހާމަކޮށް އަދުރޭ ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި މިއަދު މުހިންމު ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި އެ ބައްދަލުވުން ބޭއްވުނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ގާސިމް އާއި ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ކޯލީޝަންގެ ކެނޑިޑޭޓް ކަމުގައިވާ ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެވިދާނެ ކަމާއިމެދު އަނެއްކާވެސް މިއަދު މިވަނީ ސުވާލު އުފެދިފައެވެ.

އެގޮތުން އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުގައި އޮތް މައްސަލަ، އެ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ޗުއްޓީއާއި ގުޅިގެން ވަނީ މަޑުޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް