ހަތްފާއެއްގެ ތެރޭގައި ތްރެޑްސްގެ ބޮޑު އަޕްޑޭޓެއް އަންނަނީ

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ އާއި ދާދި އެއްގޮތް ޕްލެޓްފޯމެއް ފޭސްބުކްގެ މައި ކުންފުނި މެޓަ އިން މިދިޔަ ބުރާސްފަތި ދުވަހު ލޯންޗުކުރި ޕްލެޓްފޯމް "ތްރެޑްސް" އަށް އަންނަ ހަފްތާގެ ތެރޭގައޮ ބޮޑު އަޕްޑޭޓެ...

12 Jul 2023 | 05:22

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ އާއި ދާދި އެއްގޮތް ޕްލެޓްފޯމެއް ފޭސްބުކްގެ މައި ކުންފުނި މެޓަ އިން މިދިޔަ ބުރާސްފަތި ދުވަހު ލޯންޗުކުރި ޕްލެޓްފޯމް "ތްރެޑްސް" އަށް އަންނަ ހަފްތާގެ ތެރޭގައޮ ބޮޑު އަޕްޑޭޓެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާ އަޕްޑޭޓްގެ އެހީގައި، ތްރެޑްސްގެ ކޮންޓެންޓް ފެންނާނީ ޕޯސްޓުކުރާ ވަގުތުގެ ތަރުތީބުންނެވެ.

މި އާ ފީޗަރ އާއެކު މިހާރަށްވުރެ ބޮޑަށް ވާދަވެރި ޓުވިޓަރ އާ ތްރެެޑްސް އެއްގޮތް ވާނެއެވެ. 100 މިލިއަން މީހުން ވަނީ މިދިޔަ ހަފްތާ ބަންދުގައި ތްރެޑްސް ބޭނުން ކުރަން ފަށާފައެވެ.

މި ޕްލެޓްފޯމަކީ އިންސްޓަގްރާމްގެ ޓެކްސްޓް ބޭސްޑް އެޕެއްގެ ގޮތުގައިވެސް ސިފަ ކުރާއިރު މި އެޕް އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި ޖަޕާނު ހިމެނޭހެން 100 އަށްވުރެ ގިނަ ގައުމަށް އެއް ފަހަރާ ދޫކޮށްލާފައިވެއެވެ.

އެހެން ނަމަވެސް މިވަގުތު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް މި ޕްލެޓްފޯމް ދޫކޮށްލާފައެއް ނުވެއެވެ. އެއީ މެޓަ އާއި އީޔޫއާއި ދެމެދު މެޓަ ގެ ޑާޓާ ޝެއަރިންގެ ރެގިއުލޭޝަންތަކާއިމެދު މަޝްވަރާތައް ކުރިއަށްދާތީއެވެ.

ޓްވިޓާގައި ހިމެނޭފަދަ “ރީޓްވީޓް، ތްރެޑް” ފަދަ ފަންކްޝަންތަކާއެކު ލޯންޗުކުރި މި ޕްލެޓްފޯމަކީ ޓްވިޓާއަށްހުރި ނުރައްކަލަކަށް ވެދާނެ ކަމުގައި ފާޑުކިޔާ ފަރާތްތަކުން މިހާރުވެސް ވަނީ ސިފަކޮށްފައެވެ.

މާކް ޒަކަބާގް ޓްވިޓާ އާއި އެއްގޮތް ޕްލެޓްފޯމެއް ލޯންޗުކޮށްފައިމިވަނީ މަހުޖަނު އީލޮން މަސްކު ޓްވިޓާ ގަނެ ޓްވިޓާގެ ތެރެއަށް ވިޔަފާރީގެ އެތައް ކޮމްޕޮނެންޓެއް އިންކޯޕަރޭޓްކޮށް ޓްވިޓާ ބޭނުންކުރާ ފަރާތްތަކުން އެގޮތް މިގޮތުން ފައިސާ ނަގަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން ޓްވިޓާއިން ތްރެޑްސްއާއި ދެކޮޅަށް ކޯޓަށް ދާން މަސައްކަތްކުރަމުން އަންނަކަން ޓްވިޓާއިން ހާމަކުރުމުން އެކަމަށް ތާއީދުކޮށް ބާރުދިނުމުގެ ގޮތުން އިލޯން މަސްކު ބުނެފައިވަނީ ވާދަވެރިކަމަށް ނިކުތުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް މަކަރު ހެދުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.

ޓްވިޓާއި ތްރެޑްސް ގޮވައިގެން ކޯޓަށް ދާން މަސައްކަތްކުރަމުން އަންނައިރު ޓްވިޓާއިން ތުހުމަތު ކުރަނީ ތްރެޑްސްއިން ޓްވިޓާގެ ވިޔަފާރީގެ ސިއްރު ތަކާއި ބައެއް އިންޓަނެޓް ޕްރޮޓޮކޯލާއި އަދި ޓްވިޓާގެ ބައެއް ޑާޓާ ސްކްރޭޕްކޮށްގެން އެ ޑާޓާގެ ބޭނުން ނަހަމަގޮތުގައި ހިފަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް