ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތުގައި އުޅުނު 3 މީހުންގެ ގައިމައްޗަށް ފާރެއް ވެއްޓިއްޖެ

ނ.ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ފާރެއް ވެއްޓި، ތިން މީހަކު ޒަހަމްވެއްޖެ އެވެ. ފާރު ވެއްޓި، ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ...

12 Jul 2023 | 04:55

ނ.ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ފާރެއް ވެއްޓި، ތިން މީހަކު ޒަހަމްވެއްޖެ އެވެ.

ފާރު ވެއްޓި، ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ތިން މުވައްޒަފަކަށް ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެ ތިން މުވައްޒަފުންނަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

އެންމެ ބޮޑަށް ޒަހަމްވި މީހާގެ ޅިނދުކަށިގަނޑުގެ ހަތަރު ތަނަކުން ރެނދުލާފައި ވާތީ ސާޖަރީ ހަދަން ޖެހޭ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ އާރްޑީސީގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި އެ ސާޖަރީ ހެދޭނީ މާލޭން ކަމަށް ވެސް އޭނާ ވަނީ  ވިދާޅުވެފައެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ދެވަނަ އަށް އެންމެ ބޮޑަށް ޒަހަމްވި މީހާގެ ވައަތުގެ ކަށިގަނޑެއްގައި ރެނދުލާފައި ވާތީ އޭނާގެ ވެސް ސާޖަރީ ހަދަން ޖެހޭ ކަމެވެ. އަދި އޭނަގެ ވެސް ސާޖަރީ ހެދޭނީ މާލޭން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރަށް، ފާރުގެ ދަށުވި ތިން ވަނަ މީހާގެ ބޯ ފަޅައިގެން ގޮސްފައި ވާތީ ފަހަން ޖެހުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އޭނާގެ ބޮލަށް ގެއްލުން ވެފައިވާ ވަރެއް އިތުރަށް ބަލަން ސީޓީ ސްކޭން ހަދަން ޖެހޭކަންވެސް ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް