އަލީ ހުރީ ޕާޓީގައި، އެކުގައި މަސައްކަތް ކުރާނަން: ޖެޕީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި ކަމަށާއި، އެކުގައި މަސައްކަތް ކުރާނެ ކަމަށް ޖޭޕީއިން ބުނެފިއެވެ. އަލީ ރާއްޖެ ދޫކޮށް ލަންޑަނަށް ދިޔައީ ވަނީ 2021 ވަނަ އަހަރުގެ ފ...

12 Jul 2023 | 04:25

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި ކަމަށާއި، އެކުގައި މަސައްކަތް ކުރާނެ ކަމަށް ޖޭޕީއިން ބުނެފިއެވެ.

އަލީ ރާއްޖެ ދޫކޮށް ލަންޑަނަށް ދިޔައީ ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ.

އިއްޔެ އެނބުރި ރާއްޖެ ވަޑައިގެން، ރަސްމީ ފާލަމުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ރާއްޖެއިން ފުރިއިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ކަމަށެވެ. ނަމަވެސް އެޕާޓީގެ އަސާސީ ގަވާއިދު ބަދަލު ކުރުމުން އެ މަގާމު ގެއްލުނީ ކަމަށެވެ.

“އޭގެ ފަހަކުން އަޅުގަނޑު ސިޔާސީ މަސައްކަތެއް ނުކުރަން. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުގަ އަޅުގަނޑަށް ހީވަނީ އެހެން ޕާޓީއަކުން ގޯސް ފޯމެއް ނުލަންޏާ އަދި ޖުމްހޫރީ ޕާޓީގެ އާއްމު މެމްބަރަކަށްހެން އަޅުގަނޑުގެ ނަން އޮންނާނީ” އަލީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތާނގައި ސިޔާސީ މަސައްކަތްތައް ކުރާނީ ކޮން ބަޔަކާ އެކުގައި ކަމެއް އަލީ ވިދާޅެއް ނުވެއެވެ.

ނަމަވެސް ޖޭޕީއިން "ދުވަސް" އަށް ކަށަވަރު ކޮށްދިން ގޮތުގައި އަލީ އަދިވެސް ހުންނެވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައެވެ. އަލީ އާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެތޯ ސުވާލު ކުރުމުން ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ އެ ޕާޓީއަކޫ ހުރިހާ ފަންތިއެއްގެ، ހުރިހާ ގިންތިއެއްގެ ބޭފުޅުންނާއެކު މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، ވަކިން ހާއްސަކޮށް ޕާޓީގެ އާއްމު މެމްބަރުންނާއެކު މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް