މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފިއެވެ.
އަދީބު ގޮސްފައި ވަނީ އިންގަޕޫރަށެވެ. އޭނާ ފަރުވާ ހޯއްދަވަނީ ނާރުގެ ސީރިއަސް ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ޕާޓީ އެމްޓީޑީއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ އަދީބަށް ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް، މެޑިކަލް ބޯޑުގެ ލަފައާއެކު ކަމަށެވެ. އަދި އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އަދީބު މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.
ބޭސްފަރުވާއަށް އަދީބު ގޮސްފައި ވަނީ10 ދުވަހުގެ މުއްދަތަކަށެވެ.
ހާލު ދެރަވެގެން މިފަހުން އަދީބުއަށް އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. ނަމަވެސް އާދީއްތަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
އަދީބުގެ މައްޗަށް ކޮށްފައިވާ ތިން ހުކުންވެސް ބާތިލު ކޮށްފައިވީނަމަވެސް އަދީބު އަދި ހުންނެވީ ގޭބަންދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް