ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރުމަށް އެސްޓީއޯ އިން އެދިއްޖެއެވެ.
އެ ކުންފުނިން އަންނަނީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް ޢާންމުން ހޭލުންތެރި ކުރުވަމުންނެވެ.
އެގޮތުން އެސްޓީއޯއިން ވިޔަފާރިކުރާ ފަރާތްތަކުގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް އަގުނަގަން ފަށަން ވަނީ ނިންމާފައެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކޮށްފައިވާ ޓްވީޓެއް ގައި ބުނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރަމަށް އިލްތިމާސްކުރާ ކަމަށެވެ.
ޕްލާސްޓިކް ކޮތަޅާއި ކަރުދާސް ކޮތަޅު ބޭނުންކުރުމަށް މަދުކުރުމަށް ގޮވާލާފައިވާއިރު، ޕްލާސްޓިކް ކޮތަޅަށް 2.5ރ އަދި ކަރުދާސް ކޮތަޅަށް 2ރ ނަގަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
https://twitter.com/stopc_mv/status/1546026640609726464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546026640609726464%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F102308
އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް ބޮޑުކުރުމަށް ޤާނޫނު އިޞްލާހުކުރުމަށްވެސް މަޖިލީހަށް ހުށައަޅާފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ހާލަތަށް ރިޔާއަތްކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ވެސް ސަރުކާރުން ނިންމާ އެކަން ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް