ޕީޕީއެމް އިން ފުލުހުންގެ ސާރޖެންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކޮށްފި

‎ޕީޕީއެމް އިން ފުލުހުންގެ ސާރޖެންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކޮށްފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ...

12 Jul 2022 | 17:44

‎ޕީޕީއެމް އިން ފުލުހުންގެ ސާރޖެންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ޢަމަލު ކުރަމުންދަނީ ވެރިންނަށް އަޅުވެތިވެ ‎އެއްވެސް ހަމައެއް ލަމައެއްނެތި ކަމަށް ވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކޮށް ފުލުހުންގެ ވަޒީފާއަށް ‎ނިކުމެވަޑައިނުގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

އެކަމަށްޓަކައި ސާރޖެންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ‎ފަރާތުން ސާބަހާއި ތަޢުރީފް ދަންނަވާ ކަމަށް ބުނެފައިވެއެވެ.

އެ ކޯލިޝަނުން ބުނީ "ސާރޖެންޓް ޝިނާންގެ ތިޔަ ނިންމެވުމަކީ މިސަރުކާރުގެ ނާއިންސާފާއި ‎އަޅުވެތިކަމާއި ދެކޮޅަށް ނިންމެވި ވަރަށް މުހިއްމު ނިންމެވުމެއް ކަމުގައި" އެ ކޯލިޝަނުން ޤަބޫލު ކުރާ ކަމަށެވެ.

"ދިވެހި ‎ޤައުމަށް ބޭނުންވަނީ ތިޔަފަދަ ހިތްވަރުގަދަ، ޤާބިލު، ޣައިރު ޤާނޫނީ ޢަމަލުތަކަށް ނޫނެކޭ ބުނަން ކެރޭ ފަހުލަވާނުންނެވެ. ‎ހަމަ އެއާއެކު ތަންފީޒީ އިދާރާތަކުގައި ތިއްބެވި ބޭފުޅުންނަށްވެސް ސާޖެންޓް ޝިނާންގެ މި މަތިވެރި ‎ނިންމެވުމުން މިސާލު ނަންގަވައި މި ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށާއި ސަރުކާރުގެ އިސްވެރިން ކުރާ ‎ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް ގޮވާލަމެވެ." ޕްރޮގްރެސިވް ކޯލިޝަން ގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިވަގުތަކީ ޤައުމުގެ މިނިވަންކަން ދިފާޢުކޮށް އަޅުވެތިކަމުން ‎ސަލާމަތް ކުރުމަށްޓަކައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ވެސް އެ ކޯލިޝަނުން ‎ދެކޭ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް