ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި

ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނީ ދޯނީގެ ބައި އޮޔާދަނީ މާލެއަތޮޅު މާފުށި ބޭރުން 2 ނޯޓިކަލް މޭލު އިރުން ކަމަށެވެ. އަދި މަޢުލޫމާ...

12 Jul 2022 | 17:21

ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނީގެ ބައި އޮޔާދަނީ މާލެއަތޮޅު މާފުށި ބޭރުން 2 ނޯޓިކަލް މޭލު އިރުން ކަމަށެވެ.

އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދޯންޏެއްގެ ބައެއް އޮޔާދަނީ މާފުށީގެ އިރުމައްޗަށް ވާގޮތަށް ކަމަށެވެ.

އެހެންވެ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ. ޚާއްސަކޮށް އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް