އަލަމްގިރި ހައްޔަރުކޮށްފި

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުންހިންގާ އެ އަމަލު ވީޑިއޯ ކުރިކަމުގެ ތުހުމަތު ކުރެވޭ އަލަމްގިރި ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަލަމްގިރ...

12 Jul 2022 | 14:53

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުންހިންގާ އެ އަމަލު ވީޑިއޯ ކުރިކަމުގެ ތުހުމަތު ކުރެވޭ އަލަމްގިރި ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަލަމްގިރި ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ހުއްޓައެވެ.

މިކަމާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އަލަމްގިރި ހައްޔަރުކޮށްފައިވާއިރު އަަލަމްގިރި އާއި އިތުރު ބައެއް މީހުންގެ ޕާސްޕޯޓު ފުލުހުން ވަނީ ކުރިން ހިފަހައްޓާފައެވެ. އަދި އެމީހުން ފުރުންވެސް ވަނީ މަނާކޮށްފައެވެ.

ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ދެ ވީޑިއޯއެއްގެ މައްސަލައިގައެވެ.

މީގެ އިތުރުން އަލަމްގިރިއާއެކު ފުލުހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މި ފަހުން ލީކުވިއެވެ.

ފުލުހުން ބުނެފަައިވަނީ ތުހުމަތު ކުރެވޭ ފުލުސް މީހާ ސަސްޕެންޑުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް