މިދިޔަ އާދީއްތައިން ފެށިގެން މާލެއިން ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ އަންހެންކުއްޖާ ފުލުހުން ހޯދައިފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 17 އަހަރުގެ އައިމިނަތު ޒާރާ ރިޔާޒެވެ.
ދުވަހަށް މައުލޫމާތުދެމުން އާއިލާއިން ބުނީ އެ ކުއްޖާ ފެނުނީ ފުލުހުންނަށް ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މެސެޖެއްގައި ބުނަނީ އެ ކުއްޖާ ފެނުނީ ބަޔަކު އެ ކުއްޖާގެ ސިފަ ބަދަލުކޮށްގެން ކޮންމެވެސް ތާކަށް ގެންދަނިކޮށް ކަމަށެވެ. ނަމަވެސް އާއިލާއިން މިކަން ދޮގުކުރެއެވެ. އާއިލާއިން ބުނީ ކުއްޖާގެ ސިފަ ބަދަލުކޮށްފައިނުވާކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނުނުކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ.
އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ކުއްޖާ މިހާރު ފެނިފައިވާކަމަށާއި ކުއްޖާގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް