މަސްރަހު ބޮއްސުން ލާފައި އޮތް ސްރީ ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އެ ގައުމު ދޫކޮށް ފިއްލަވައިގެން ދުބާއީއަށް ދާން އުޅެނިކޮށް ހުއްޓުވައިފިއެވެ.
މިކަން ސައުތު ޗައިނާ މޯނިންގ ޕޯސްޓްގައި ރިޕޯޓްކޮށްފައިވާއިރު އެ ނޫހުގެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވާގޮތުގައި ގޮތާބޭ މިއަދު ފުރައިގެން ދާން އުޅުނީ ދުބާއީއަށެވެ. ނަމަވެސް އިމިގްރޭޝަން ސްޓާފުން ވަނީ ގޮތާބޭގެ ޕާސްޕޯޓުގައި "އެގްޒިޓް" ސްޓޭމްޕް ޖަހަން ދެކޮޅު ހަދައި ގޮތާބޭ ފުރުން ހުއްޓުވާފައެވެ.
އުމުރުން 73 އަހަރުގެ ގޮތާބޭ ގައުމު ދޫކުރައްވައި ދުބާއީއަށް ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި އިރު، ހޮނިހިރު ދުވަހު އެތައް ހާސް ރައްޔިތުންނެއް ނިކުމެ ގޮތާބޭގެ ރަސްމީ ގެކޮޅު ހިސޯރުކުރުމާއެކު ގޮތާބޭ ވަނީ އަސްކަރިއްޔާގެ އެހީގައި އަސްކަރިއްޔާގެ މަނަވަރަަކަށް ވަޑައިގެންފައެވެ.
ގޮތާބޭ ފުރުން ހުއްޓުވާފައިވާއިރު މާދަމާ އިސްތިއުފާ ދެއްވާނެކަން ގޮތާބޭގެ އޮފީހުން ވަނީ އިއުލާނުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް