މި އަހަރުގެ އަޟްހާ ޢީދުގައި ކުޅުުދުއްފުށި މަށި މާލި ޕެރޭޑަށް ކިޔަމުން އަންނަ ފާޑުކިޔުންތަކުގެ ދިފާއުގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވާހަކަފުޅު ދައްކަވައިފިއެވެ.
އެގޮތުން މޭޔަރު ވިދާޅުވެފައިވަނީ މީސް މިޑިއާއިން ފެންނަ ފޮޓޯގަނޑަކުން ކުޅުދުއްފުށި މަށިމާލި ޕެރޭޑްގައި ވާނުވާއެއްނޭގޭނެ ކަމަށެވެ. މަށިމާލި ޕެރޭޑަކީ މާއްޔާއި ފުޅަނދު އަދި މެސެޖުގެގޮތުން މުއްސަނދި ހަރަކާތެއް ކަމަަށެވެ.
"ޒަމާނުންސުރެ މި ޕެރޭޑްގައި މަށިމާލީގެ އިތުރުން ބޭރު އަދި ދިވެހި މަޝްހޫރު ސަހުސިއްޔަތުތައް، ސިޔާސީ ފަރާތްތައް، ހާދިސާތަކުގެ ރޯލްޕްލޭ ޑްރާމާތައް، ސިޔާސީ ފަރާތްތަކުން ވެފައިވާ ވައުދުތައް، ޤައުމުގަ ހިނގާ ކަންކަމާމެދު މީހުން ދެކޭގޮތް، މޫވީ ކެރެކްޓަރސް، އަދި ދުނިޔެއާއި ރާއްޖޭގައި އެދުވަސްވަރު އެންމެ ޓްރެންޑިން ކަންކަން ދައްކުވައިދޭ މާއްޔާއި ފުޅަނދު ފެނިގެންދޭ" މޭޔަރު އާތިފް ވިދާޅުވެފައިވެއެވެ.
މޭޔަރު ވިދާޅުވެފައިވަނީ ގިނަފަހަރު ހުށަހެޅުންތައް ފެނިގެންދަނީ ސަމާސާ ހެއްވާ ލާނެތް ގޮތްތަކަށް ކަމަށާއި ފަހަރުގަ އެ ދޭ މެސެޖް އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަހުމުވުމުގައި އުނދަގޫ ގޮތްތަކެއްވެސް ހުރެދާނެކަން އެނގޭ ސަބަބަކީ ރަށުގެ ބަހުރުވައިން ދައްކާ ވާހަކަވެސް އެހެން ދިވެހީންނަށް ފަހުމު ވުމުގައި ދަތިތަކާ ކުރިމަތިވުން ކަމަށެވެ.
"އެހެންނަމަވެސް މަށިމާލި ޕެރޭޑަކީ އެއްތަނެއްގައި އެއްބަޔަކު ތައްޔާރުކުރާ މާލި ތަކަކަށް ނުވުމުން ބައެއް އަހަރުތަކުގައި އާންމު އިޖްތިމާއީ މިންގަނޑު ތަކާ ދުރު މާލި މަދުންނަމަވެސް ޕެރޭޑާ ގުޅޭކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަން ކުޑަކުރުމަށްޓަކައި ޕެރޭޑްގެ އިންތިޒާމް ކޮމެޓީއާއި ކައުންސިލްގެ ފަރާތުން އަންނަނީ އިރުޝާދުތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ." މޭޔަރު ވިދާޅުވެފައިވެއެވެ.
މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ ނޫސްތަކުގައި ޕެރޭޑާ ބެހޭގޮތުން އާޓިކަލް ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިއަށްއޮތްތަނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރަނގަޅަށް ޕެރޭޑު ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށްފަހު، ނުވަތަ ޕެރޭޑުގައި ވާނުވާ އޮޅުންފިލުވުމަށްފަހު ލިއުންތައް ތައްޔާރުކޮށް އާންމުކުރުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް