މާލެއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ - އާއިލާއިން އެދެނީ އެހީތެރިކަމަށް

މާލެ ސިޓީއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އައިމިނަތު ޒާރާ ރިޔާޒް (17އ) ކަމަށް އާއިލާއިން ބުނެފައިވެއެވެ. ގެއްލިގ...

12 Jul 2022 | 06:54

މާލެ ސިޓީއިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އައިމިނަތު ޒާރާ ރިޔާޒް (17އ) ކަމަށް އާއިލާއިން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުން އަންނަ އަންހެންކުއްޖާގެ ދައްތައަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ކޮއްކޮ މިދިޔަ އާދީއްތަ ދުވަހު މެންދުރުފަހު 02:30 ހާއިރު ގެއިން ދިޔަ ފަހުން ހަބަރެއް ނުވާކަމަށެވެ.

"އެންމެފަހުން ލައިގެން ހުރީ ނޫ ޖިންސަކާއި ކަޅު ޓޮޕެއް، ކޮއްކޮއަކީ ބުރުގާ އަޅާ ކުއްޖެއް" އާއިލާއިން ބުނެފައިވެއެވެ.

އަންހެން ކުއްޖާގެ ދައްތަގެ ފޭސްބުކް ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ފުލުހުންވެސް ޒާރާ ހޯދަން އެދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދި ފެނިފައިނުވާކަމަށެވެ.

އާއިލާގެ ފަރާތުން ވަނީ ޒާރާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މާލެއިން 17 އަހަރުގެ އަންހެން ކުއްޖަކު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް