އދ ޖެނެރަލް އެސެމްބްލީގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު، ސައުދީ ހާރިއްޖިއްޔާގެ ނައިބާ ބައްދަލުކުރައްވައިފިއެވެ.
ސައުދީ ގެެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި ސައުދީ ހާރިޖިއްޔާގެ ނައިބާ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ގުޅުންހުރި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއިމެދު މަޝްވަރާކޮށްފައިވެއެވެ.
އަބްދުﷲ ޝާހިދު ސައުދީ ހާރިޖިއްޔާގެ ނައިބު ޕްރިންސް ފައިސަލް ބިން ފަރްހާނާ އިއްޔެ ބައްދަލުކުރައްވާފައިވާއިރު މިދިޔަ މަހުގެ ތެރޭގައި އަބްދުﷲ ޝާހިދު ވަނީ ސައުދީގެ ހާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް