ގެ އަންދާލީ ހިޓްލަރުފަދަ ވިސްނުން ގެންގުޅޭ ބަޔަކު: ރަނިލް

ސްރީލަންކާގެ ހަމަނުޖެހުމުގެ ތެރެއިން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ ގޭގައި އަލިފާން ރޯކޮށް ގެ އެއްކޮށް އަންދާ އަޅިއަށް ހަދާލީ ހިޓްލަރުފަދަ ވިސްނުން ގެންގުޅޭ ބަޔަކު ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ....

12 Jul 2022 | 03:55

ސްރީލަންކާގެ ހަމަނުޖެހުމުގެ ތެރެއިން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ ގޭގައި އަލިފާން ރޯކޮށް ގެ އެއްކޮށް އަންދާ އަޅިއަށް ހަދާލީ ހިޓްލަރުފަދަ ވިސްނުން ގެންގުޅޭ ބަޔަކު ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

ރަނިލް މިހެން ވިދާޅުވީ ފިއްލެވުމަށްފަހު ފުރަތަމަ ފަހަރަށް ޓެލެވައިޒްކުރި ސްޓޭޓްމެންޓެއްގައެވެ.

ރަނިލް ވިދާޅުވީ އޭނާގެ ގޭގައި މުޒާހަރާގެ ބައިވެރިން އަލިފާން ރޯކޮށްލީ އިދިކޮޅު މުސްލިމް ލީޑަރަކު ކަމުގެ ހަގީގަތް އޮޅޭގޮތަށް ކުރި ޓްވީޓަކަށް ބިނާކޮށް ކަމަށެވެ. އެގޮތުން ވަގުތީ ސަރުކާރެއް އެކުލަވާލަން އޭނާ ދެކޮޅު ހަދާކަމަށްބުނެ އިދިކޮޅު ލީޑަރަކު ކުރި ޓްވީޓަކީ ހަގީގަތް އޮޅޭގޮތަށް ކުރި ޓްވީޓެއްކަމުގައި ރަނިލް ވިދާޅުވެފައިވެއެވެ.

ރަނިލް ވިދާޅުވެފައިވަނީ އޭރުވެސް އޭނާވާނީ އޯލް-ޕާޓީ ވަގުތީ ސަރުކާރެއް އެކުލަވާލަން އެއްބަސްވެފައިކަމަށެވެ.

ރަނިލް ވިދާޅުވެފައިވަނީ އޭނާގެ ގެ އަންދާ އަޅިއަށް ހަދާލިއިރު އެ ގޭގައި 2500 އަށްވުރެ ގިނަ ފޮތް ހުންނާނެ ކަމަށެވެ. 200 އަށްވުރެ ގިނަ އަހަރުވީ ކުރެހުން ހުންނާނެ ކަމަށެވެ. އެ ފޮތްތައް ނެތި އެ ދިޔައީ ކޮލެޖަކަށް ހަދިޔާކުރަން ތައްޔާރުވަމުން އަންނަނިކޮށް ކަމުގައި ރަނިލް ވިދާޅުވިއެވެ. އަދި އަންދާ އަޅިއަށްހަދާލި އެ ގެއަކީ އޭނާގެ ހަމައެކަނި ހަރުމުދާ ކަމުގައި ވިދާޅުވިއެވެ.

ރަނިލް އިތުރަށް ވިދާޅުވީ ބޮޑުވަޒީރުކަމާ ހަވާލުވީ ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ގައުމު ހަމަމަގަށް ގެނައުމުގެ އުންމީދެއްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް