ކުޅުދުއްފުށީގައި ޒުވާނާ ރަހީނު ކުރި މައްސަލައިގަ ދެ މީހަކަށް ދައުވާ ކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކައި ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. މިހާދިސާ ހިނގާފައި ވަނީ މިދިޔަ މެއި މަހުގެ29...

12 Jul 2021 | 15:44

ހދ. ކުޅުދުއްފުށީ ސިޓީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައިގައި ދެ މީހަކައި ދެކޮޅަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

މިހާދިސާ ހިނގާފައި ވަނީ މިދިޔަ މެއި މަހުގެ29 ވަނަ ދުވަހުގެ ރޭ އެވެ. ހާދިސާގައި އެމީހާގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖެހުމުގެ ސަބަބުން ސީރިއަސް ހާލަތަށްދިޔަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މައްސަލާގައި ދައުވާ އުފުލާފައިވަނީ ކުޅުދުއްފުށި ސިޓީ މާތުނޑި، މުއާޒް އަލީއާއި ހަމަ އެ ސިޓީ، ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށް ކަމަށެވެ. އެމީހުންނާއި ދެކޮޅަށް ދައުވާ އުފުލާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އެވެ.

އެ ދެމީހުންނަށް ކުރަނީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

ޝަފީއު ވިދާޅުވީ މި މައްސަލާގައި ތުުހުމަތުކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން އެ އޮފީހަށް ހުށަހެޅި ކަމަށެވެ. އެކަމަކު ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ ބައި ދިވެހި ފުލުހުންނަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

މި ހާދިސާގައި އެމީހާއަށް ލިބުނު އަނިޔާތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލޭ އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައި އެވެ. އެކަމަކު އޭގެ 15 ވަރަކަށް ދުވަސް ވީފަހުން ހާލަތު ރަނގަޅުވި ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް