އެމްޑީޕީން ހޯދައިދޭން ބުނި އިންސާފުގެ ރަހަ ނަޝީދަށްވެސް ހިތި: އާދަމް ޝަރީފު

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހޯދައިދޭން ބުނި އިންސާފުގެ ރަހަ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ހިތި ކަމަށް އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފ...

12 Jul 2021 | 15:25

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހޯދައިދޭން ބުނި އިންސާފުގެ ރަހަ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ހިތި ކަމަށް އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ސިޔާސީ ގޮތެއް އެއްކޮށް ހުރެވެން ނެތް ކަމަށް ނަޝީދު މިއަދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވުމުންނެވެ. ނަޝީދު ވަނީ ކުރގެ ރައީސް އަބްދުﷲ ޔާމީނާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ކުރިކަން ފާޅުކުރައްވާފައި އެވެ.

މި ކަމާއި ގުޅިގެން އާދަމް ކުރެއްވި ޓުވީޓެއްގައި ވަނީ ނަޝީދަށް ޓެރަރިސްޓު އަމަލާއެއްދީ ފުރާނައަށް ނުރައްކާވުމުން އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބަދަލުގައި ހަވަރަށް ދިނީތޯ ސުވާލު ކުރައްވާފައ އެވެ. އަދި އެނޫނީ ފެނުކައްކާ ބޮލީގެ އިއްޒަތް ސަރުކާރުން ނަޝީދަށް ދެއްވީތޯ ސުއވާލު ކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ހޯދައިފޭން ބުނި އިންސާފުގެ ރަހަ ނަޝީދަށްވެސްހިތި ކަމަށެވެ.

https://twitter.com/Adamshareefz/status/1414578690835456000

ނަޝީދު މިއަދު ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ \ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ނަޝީދާއި ރައީސް ސޯލިހާއި އުޅޭނީ އެކުގައި ކަމަށާއި ރައީސް ސޯލިހަކީ ރައީސް ނަޝީދުގެ އިބޫ ދޮންބެ ކަމަށެވެ. އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާއެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ރައީސް ޔާމީނާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެބޭފުޅުންގެ އެހީއަށް އެދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް