ސިޔާސީގޮތުން ރައީސް ސޯލިހާއެކު ހުރެވޭކަށް ނެތް: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީގޮތުން ދެން ހުރެވެން ނެތްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހ...

12 Jul 2021 | 14:51

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީގޮތުން ދެން ހުރެވެން ނެތްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހާއި އެ ޕާޓީގެ ލީޑަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ އުޅެނީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދުގައި މައްސަލައެއް ޖެހިގެން ނޫން ކަމަށާއި މައްސަލައެއް ނުވެސް ޖެހޭނެ ކަމަށެވެ.

"އެކަމް އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާއާއި މިހާރު ފިކުރީގޮތުން ހިޔާލު ތަފާތު" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ނަޝީދާއި ރައީސް ސޯލިހާއި އުޅޭނީ އެކުގައި ކަމަށާއި ރައީސް ސޯލިހަކީ ރައީސް ނަޝީދުގެ އިބޫ ދޮންބެ ކަމަށެވެ.

"އެކަމް ދެން ރައީސުލްޖުމްހޫރިއްޔާއާއެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ރައީސް ޔާމީނާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެބޭފުޅުންގެ އެހީއަށް އެދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް