ހިޔާ ފްލެޓުތަކުގައި ސްޓެލްކޯއިން ކުރަންޖެހޭ ކަރަންޓާއި ގުޅޭ މަސައްކަތްތައް ނިންމާލައިފި

ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ ހުރިހާ މަސައްސްޓެލްކޯއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިއަދު ނިންމާލައިފި އެވެ. ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފްލެޓްތަކަށް ބޭނުންވާ ކަރަންޓު ދިނުމަށްޓަކައ...

12 Jul 2021 | 11:22

ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ ހުރިހާ މަސައްސްޓެލްކޯއިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިއަދު ނިންމާލައިފި އެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފްލެޓްތަކަށް ބޭނުންވާ ކަރަންޓު ދިނުމަށްޓަކައި ހުޅުމާލެ ފޭސް ދޭއްގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒް ކޮށް، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކޮށްފައިވާ ކަމަށެވެ.

ޓްރާންސްފޯމަރުތައް ލައިވް ކުރި ނަމަވެސް ހިޔާ ފްލެޓްތަކަށް ކަރަންޓް ލިބޭނީ ހިޔާ ފްލެޓްތަކުން ލޯ ވޯލްޓޭޖު ކޭބަލް ގެނެސް ގުޅައިލުމުންނެވެ. އެ މަސައްކަތް ކުރަނީ އެޗްޑީސީން ޗައިނާގެ ސީއެމްއީސީ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

https://twitter.com/STELCOMALDIVES/status/1414505672356499456

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް