ޕޯސްޓްމޯޓަމް ހެދުމަށް ފަހު 13 އަހަރު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން13 އަހަރުގެ ފިރިހެއް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ. ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިމ...

12 Jul 2021 | 11:00

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން13 އަހަރުގެ ފިރިހެއް ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓް މޯޓަމް ހެދުމަށް ފަހު މިއަދުގެ ވަގުތެއްގައި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑު އާއިލާ އާއި ހަވާލު ކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާފައިވަނީ އެ ކުއްޖާގެ އާއިލާގެ ރުހުމާ އެކު އެވެ. އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.

އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ22 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުގައި އެވެ.

މި މައްސަލައިގަ ދެމީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ 17 އަހަރުގެ ކުޑަކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް