މާލޭގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް އަދި ބަލައި ޗެކުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.
4 ފުރޮޅުލީ އުޅަނދު މާލޭގައި ރަޖިސްޓްރީކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެފަދަ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ހެދޭ އެއްބަސްވުންތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތްކުރާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.
އެހެންކަމުން އޯގަސްޓްމަހުން ފެށިގެން ގަރާޖުތައް ބަލައި ޗެކުކުރާނީ ސިޓީ ކައުންސިލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް