ގަން އިންޓަނޭޝަނަލް އެއާޕޯޓް ރީޖަނަލް ހަބަކަށް ވާނެ: އިންޑިއާ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ރީޖަނަލް ހަބަކަށް ވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނީ އިންޑިއާގެ އެހީގައި އައްޑޫ ގަން އިންޓަނޭޝަނަލް ...

12 Jul 2021 | 09:52

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ރީޖަނަލް ހަބަކަށް ވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ އިންޑިއާގެ އެހީގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއު އާއި ގުޅޭގޮތުން ކުރި ޓުވީޓެއްގައި އެވެ.

ޓުވީޓުގައި ހައި ކޮމިޝަނުން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތަށް ގުނައަކުން ރަނގަޅުވެ، މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެންދާނެ ކަމަށެވެ. މި ޕްްރޮޖެކްޓް ކުރިއަށް ދަނީ ރާއްޖެއަށް ދޫކުރެވިފައިވާ 800 މިލިއަން ޑޮލަރުގެ ލައިިން އޮފް ކްރެޑިޓްގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

https://twitter.com/HCIMaldives/status/1414275107539746817

ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި ޑޮމެސްޓިކް ޓާމިނަލެއް އެޅުމާއި އެ ތަންތަނާ ގުޅިފައިވާ މަގުތައް ހެދުމުގެ އިތުރަށް ސަޕޯޓް އިންފްރާސްޓްރަކްޗާ ހެދުން ހިމެނެ އެވެ.

އިންޑިއާ އިން ބުނި ގޮތުގައި ގަން އެއާޕޯޓް މި ސަރަހައްދުގެ ދަތުރުފަތުރުގެ ހަބަކަށްވުމުން ދެކުނުގެ ޓޫރިޒަމް ކުރިއަރައި، ޓޫރިސްޓުންގެ މަގުބޫލުކަން ބޮޑުވެ، ސީ ޕްލޭން އޮޕަރޭޝަން ވެސް ފުޅާވެގެން ދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް